ދާދި ފަހުން ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގައި ހުންނެވުމަށް ފަހު ދާދި ފަހުން ވަކިވަޑައިގެންނެވި، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް އަބްދުالله ކަމާލުއްދީން އިލެކްޝަންސް ކޮމިޝަން (އީސީ)ގައި އެދިވަޑައިގެންފިއެވެ.
"ޤައުމީ އެއްބައިވަންތަކަމުގެ ޕާޓީ"ގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީ ކުރުމާ ގުޅޭގޮތުން މީޑިއާއަށް ކަމާޅުއްދީން ވިދާޅުވީ، ޤައުމުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތްކުރެވެން އޮތީ ޕާޓީ ނިޒާމުގެ ތެރެއިން ކަމަށްފެންނާތީ ޕާޓީއެއް އުފެއްދެވުމަށް ނިންމެވީ ކަމަށެވެ. އަދި މިކަމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އިތުރު ބޭބޭފުޅުންވެސް އުޅުއްވާކަމަށް ވިދާޅުވިއެވެ.
އެގޮތުން އާ ސިޔާސީ ފަލްސަފާއެއްގެ ތެރެއިން ގައުމުގެ ސިޔާދަތު ދަމަހައްޓައި ރައްޔިތުން ފަރުދީ ގޮތުން ބާރުވެރިކޮށް އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަ ކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.
ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ޕާޓީ އުފައްދަން އުޅޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ޕާޓީއެއް އުފައްދަން ނިންމިކަން ހާމަކުރިއިރު، ޖުމްހޫރީ ޕާޓީގެ ތެރެއިން އިތުރު ޕާޓީއެއް އުފަންވާން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ގަަދަވެފައެވެ.
އެގޮތުން ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް) ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ3،000 މީހުންގެ ސޮއި ވަނީ ހަމަކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް