ޓިކްޓޮކްގެ ގައިޑްލައިންނާ ނުފެތޭ ވީޑިއޯ އޮޓޯއިން ޑިލީޓްވާ ގޮތް ހަދަން ނިންމައިފި

މަގުބޫލް ވީޑިއޯ ކޮންޓެންޓް އެޕްލިކެޝަން ޓިކްޓޮކްގެ ގައިޑްލައިންނާ ނުފެތޭ ވީޑިއޯ އޮޓޯއިން ޑިލީޓްވާ ގޮތް ހަދަން ނިންމައިފި އެވެ. ޓިކްޓޮކް ހިންގާ ޗައިނާގެ ބައިޓްޑާންސުން ބުނީ މިއީ ޓިކްޓޮކްގެ ރައްކާތެރިކަ...

11 Jul 2021 | 09:04

މަގުބޫލް ވީޑިއޯ ކޮންޓެންޓް އެޕްލިކެޝަން ޓިކްޓޮކްގެ ގައިޑްލައިންނާ ނުފެތޭ ވީޑިއޯ އޮޓޯއިން ޑިލީޓްވާ ގޮތް ހަދަން ނިންމައިފި އެވެ.

ޓިކްޓޮކް ހިންގާ ޗައިނާގެ ބައިޓްޑާންސުން ބުނީ މިއީ ޓިކްޓޮކްގެ ރައްކާތެރިކަން މިހާރަށް ވުރެ ބޮޑަށް ކަށަވަރުކޮށް ދިނުމުގެ ގޮތުން ގެންނަ ބަދަލެއް ކަމަށެވެ. އަދި ވަރަށް އަވަހަށް މިކަން ކުރެވިގެންދާނެ ކަމަށެވެ.

މިންގަނޑަށް ނުފެތޭ ގޮތަށް ހުންނަ ވީޑިއޯތައް އޮޓޯއިން ޑިލީޓްވާ ގޮތަށް ހަމަޖެހުމުން ކުޑަކުދިންނާ ނުގުޅޭ ކޮންޓެންޓްތަކާއި ބަރަހަނާ މަންޒަތަކާއި ބޭއަދަބީ ވާހަކަތަކާއި ޖިންސީ ކަންކަމަށް ހިތްވަރު ދިނުމާއި އަނިޔާވެރިކަމަށް ހިތްވަރު ދިނުމާއި ހުއްދަ ނޫން މުއާމަލާތް ހިންގުމާއި ސައްހަ ނޫން މައުލޫމާތު ފެތުރުން ފަދަ ކަންކަމާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ކުރާނެ ކަމަށް ބައިޓްޑާންސުން ބުނެއެވެ.

ޓިކްޓޮކްގައި އާންމު ނުކުރެވޭ ވީޑިއޯތައް:

1) ބަރަހަނާ ވީޑިއޯތަކާއި އެ ފަދަ ކަންކަމަށް ހިތްވަރުދޭ ވީޑިއޯތައް.

2) އެއްވެސް މީހެއް އަބުރާއި އިންސާނީ ކަރަމާތަށް އުނިކަން ލިބޭ ވީޑިއޯތައް.

3) ދީނީ ގޮތުން ބައިބައިވުން އުފެދޭ ވީޑިއޯ.

4) ސިއްހީ ގޮތުން ދޮގު މައުލޫމާތު ހިމެނޭ ވީޑީއޯތައް.

5) އަނިޔާވެރިކަމާއި ނިރުބަވެރިކަމަށް ބާރުދޭ އަދި ގޮވާލައި ނުވަތަ ޕްރޯމޯޓްކުރާ ވީޑިއޯތައް.

6) ނަފުރަތު އެކުލެވޭ ވީޑިއޯތައް.

7) ގާނޫނުތަކުން މަނާކުރާ ކަންކަން ހިމެނޭ ވީޑިއޯތައް.

8) މަސްތުވާތަކެތި ޕްރޮމޯޓްކުރާ ވިޑިއޯތައް.

10) މަރުވުމަށް ނުވަތަ ދަންޖެހުމަށް ގޮވާލައި އަދި ބާރުދޭ ވީޑިއޯތައް.

މިހާރު ޕޮލިސީގައި އޮންނަ ގޮތުން ޓިކްޓޮކަށް އަޕްލޯޑްކުރާ ކޮންޓެންޓްތައް ރިވިއުކުރަނީ އެކަމަށް ހާއްސަ ސޭފްޓީ ޓީމަކުންނެވެ. އަދި މިންގަނޑަށް ނުފެތޭ ކޮންޓެންޓެއް ނަމަ އެކަން އެންގުމަށް ނޮޓިފިކޭޝަނެއް އަޕްލޯޑްކުރި މީހަކަށް ފޮނުވަ އެވެ.

އަލަށް ގެންނަން ނިންމި ބަދަލާ އެކު އަޕްލޯޑްކުރާ ކޮންޓެންޓް ރިވިއުކުރުން އަވަސްވެ، މިންގަނޑަށް ނުފެތޭ ކޮންޓެންޓް ހިނދުކޮޅެއްގެ ތެރޭގައި ބޭރުކޮށްލާނެ އެވެ. އެކަމަކު ފުރަތަމަ ފަހަރު އެފަދަ ކޮންޓެންޓެއް ލައިފި ނަމަ އެކަމާ ގުޅޭ އިންޒާޒެއް ލިބޭނެ އެވެ. އަދި އެ އެކަން ތަކުރާރުކޮށްފި ނަމަ ނޮޓިފިކޭޝަނަކުން އަންގައި، އުސޫލުތަކަށް އަމަލުނުކުރާ ނަމަ އެކައުންޓް ދާއިމަށް ޑިލީޓްކޮށްލާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް