ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތައް އަލުން ކުއްޔަށް ދެނީ

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ މުއްދަތު މިހާރު ހަމަވެފައި ވާތީ، އެ ގޮޅިތައް އަލުން ކުއްޔަށް ނަގަން ބޭނުންވާ މީހުންނަށް މާލޭ ސިޓީ ކައުންސިލުން މިއަދު އެ ފު...

11 Jul 2021 | 09:04

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ މުއްދަތު މިހާރު ހަމަވެފައި ވާތީ، އެ ގޮޅިތައް އަލުން ކުއްޔަށް ނަގަން ބޭނުންވާ މީހުންނަށް މާލޭ ސިޓީ ކައުންސިލުން މިއަދު އެ ފުރުސަތު ހުޅުވާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ކުއްޔަށް ދޭން ނިންމާފައިވާ އަގުތަކާއި ޕޮއިޓް ދިނުމުގައި ބަލާނެ މިންގަނޑުތައް ވެސް އާންމުކޮށްފައިވެ އެވެ.

މި ގޮޅިތަކަށް ކުލީގެ ގޮތުގައި ނަގަން ނިންމައިފައި ވަނީ ގޮޅިއެއްގެ ބޮޑުމިނަށް ބަލައި، އަކަފޫޓަކަށް 31.25ރ. ގެ މަގުންނެވެ. އެއީ ދެ އަހަރުގެ މުއްދަތަށެވެ.

ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭނީ އެންމެ ގޮޅިއަކަށް ކަމަށް އިއުލާންގައި ވެއެވެ. ޕޮއިންޓް ދޭ އުސޫލަށް ބަލާއިރު މިހާރު ގޮޅި ލިބިފައިވާ މުއްދަތުގެ ތެރޭގައި އަމިއްލަ އަށް ގޮޅީގައި ހުރެގެން ގޮޅި ހިންގަމުން އަންނަ މީހެއް ނަމަ 30 ޕޮއިންޓް އަދި ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގަމުން އަންނަ މީހެއް ނަމަ، އެ މީހަކަށް 15 ޕޮއިންޓް ދޭނެ އެވެ.

ޕޮއިންޓް ދިނުމުގައި އިތުރަށް ބަލަނީ، ގޮޅި ހިންގާތާ މިހާތަނަށް ވެފައިވާ މުއްދަތަށެވެ. އެއީ އެއް އަހަރު ވެފައިވާ ނަމަ 15 ޕޮއިންޓާއި ދެ އަހަރު ވެފައިވާ ނަމަ 30 ޕޮއިންޓް އަދި 03 އަހަރު ވެފައިވާ ނަމަ 45 ޕޮއިންޓެވެ. އަދި އަހަރު ބަލަނީ 2018 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ގޮޅި ހިންގާ މީހުންނަށެވެ.

އެއްވެސް ވަރަކަށް ބިދޭސީން ނުގެންގުޅެ ގޮޅި ހިންގާ މީހެއް ނަމަ 10 ޕޮއިންޓް ދޭނެ އެވެ. މިކަން ބަލާނީ ކައުންސިލްގެ ހުރި ރެކޯޑްތަކުން ކަމަށް ބުނެފައިވެ އެވެ.

މާރުކޭޓު ގޮޅިތަކުގައި ބީދޭސީން ލައްވާ މަސައްކަތް ކުރުވުމަކީ މަނާ ކަމެކެވެ. ނަމަވެސް ބައެއް ގޮޅިތައް ހިންގަނީ ސީދާ ބިދޭސީންނެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް