އައިޖީއެމް ހޮސްޕިޓަލުގައި ވިއްސި ކުއްޖެއްގެ ބޯ ބުރިވި ކަމަށް އެއްބަހެއް ނުވި، ދޮގެއް ވެސް ނުކުރި!

އައިޖީއެމް ހޮސްޕިޓަލުގައި ވިއްސި ކުއްޖެއްގެ ބޯ ބުރިވިކަން އެނގިފައި ނެތް ކަމަށައި އެ ފަދަ މައުލޫމާތެއް މިހާ ތަނަށް ލިބިފައި ނުވާ ކަމަށް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "ދުވަސް"އަށް ވިދާޅުވެއްޖެއެވެ. އ...

11 Jul 2021 | 07:40

އައިޖީއެމް ހޮސްޕިޓަލުގައި ވިއްސި ކުއްޖެއްގެ ބޯ ބުރިވިކަން އެނގިފައި ނެތް ކަމަށައި އެ ފަދަ މައުލޫމާތެއް މިހާ ތަނަށް ލިބިފައި ނުވާ ކަމަށް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "ދުވަސް"އަށް ވިދާޅުވެއްޖެއެވެ.

އައިޖީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ޚަބަރު މީޑިއާ އިން ތިލަކުރުމުން އެ ފަދަ ކަމެއް ހިނގިތޯ ބެލި ކަމަށެވެ. ނަމަވެސް، މިހާ ތަނަށް ހޮސްޕިޓަލުގެ ތެރޭ އެ ފަދަ ކަމެއް ހިނގިކަން އެނގެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، އދ. އަތޮޅު ހޮސްޕިޓަލުން އައިޖީއެމްޗަށް ފޮނުވި މާބަނޑު މީހެއް ރޭ ވިއްސުވުމުގެ ތެރޭގައި ދަރިފުޅުގެ ބޯ ވަނީ ވަކިވެފައެވެ.

އެމީހަކީ އއ. ހިމަންދޫއަށް ނިސްބަތްވާ މީހެއްކަމަށް އަރި އޮންލައިންއަށް މަޢުލޫމާތު ލިބެއެެވެ. ބޯވަކިވުމުން ދަރިފުޅުގެ ހަށިގަނޑުގެ ބާކީބައި ނަގާފައިވަނީ ސިޒޭރިއަން ހަދައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ވިހެއުމުގެ ތެރޭގައި މި ކުއްޖާގެ ބޮލާއި ހަށިގަނޑު ވަކިވީ މައިމީހާގެ ހަކުރު މަތިވުމުގެ ސަބަބުން ކުއްޖާ އާދަޔާ ޚިލާފަށް ބޮޑުވެ ބަނޑަށް މަރުވުމުގެ ސަބަބުންނެވެ.

މިކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވި ނަމަވެސް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މިކަން ދޮގެއް ނުކުރެއެވެ. ވިދާޅުވީ ރަސްމީކޮށް އެ ފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް