ފޯނު މެދުވެރިކޮށް ހިޔާ ފްލެޓާއި ގުޅޭ މުއާމަލާތެއް ނުކުރާނެ، ފޭކު ކޯލްތަކަށް ސަމާލުވޭ: އެޗްޑީސީ

ހިޔާ ފްލެޓާއި ގުޅޭގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްވެސް މީހަކަށް ނުގުޅާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ. އެޗްޑީސީން މިހެން ބުނެފައިވަނީ ހިޔާ ފްލެޓު ލިބުނު މީހުންނާއި ...

11 Jul 2021 | 06:46

ހިޔާ ފްލެޓާއި ގުޅޭގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްވެސް މީހަކަށް ނުގުޅާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އެޗްޑީސީން މިހެން ބުނެފައިވަނީ ހިޔާ ފްލެޓު ލިބުނު މީހުންނާއި ނުލިބޭ ބައެއް މީހުންނަށް އެ ކުންފުނީގެ ނަމުގައި ގުޅާ ކަމަށް ބުނެ ޝަކުވާތަކެއް ހުށަހަޅަމުން ދާތީ އެވެ.

އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ ގުރުއަތުން ފްލެޓް ލިބިފައިވާ ފަރާތްތަކާއި ފްލެޓް ލިބިިފައި ނުވާ އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ލިބިފައިވާ ފްލެޓްގެ ތަފުސީލު ހިއްސާ ކުރުމަށް ނުގުޅާނެ ކަމަށެވެ.

ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށް އަމަލުކުރަމުން އަންނަ އުސޫލަކީ، ފްލެޓް ގުރުއަތު ނެގުން ހަމަޖެހިފައިވާ ތާރީހު އަދި އެދުވަހެއްގެ ގުރުއަތުގައި ފްލެޓް ކަނޑައެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު އާންމުކޮށް އަންގައި އިއުލާނު ކުރުމެވެ. އޭގެ ފަހުން ޓީވީގެ ޒަރިއްޔާއިން ގެނެސްދެވޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތު ނެގުން ކުރިއަށް ގެންދިއުން ކަމަށް އެޗްޑީސީން ބުނެ އެވެ.

އެ މަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް އެޗްޑީސީން އާންމުންނާ ހިއްސާ ކުރާނީ އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖްތަކާއި އާންމު އިއުލާނުން ކަމަށް ވަނީ ބުނެފަ އެވެ. އަދި އެޗްޑީސީން އެއްވެސް ފަރާތަކަށް ގުޅާ ނަމަ ގުޅާނީ އެތަނުގެ ރަސްމީ ނަންބަރުތަކުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް