ފެން ބިލުތަކުން 15 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވޭ: ޝާހު

ފެން ކުންފުނިން ގޭބިސީތަކުގެ ފެން ބިލުތަކަށް 15 މިލިއަން ރުފިޔާއާ ގާތްކުރާ ވަރަށް ޑިސްކައުންޓް ދީފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ "ފަލަ ސުރުހީ...

11 Jul 2021 | 05:22

ފެން ކުންފުނިން ގޭބިސީތަކުގެ ފެން ބިލުތަކަށް 15 މިލިއަން ރުފިޔާއާ ގާތްކުރާ ވަރަށް ޑިސްކައުންޓް ދީފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ޝާހު ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ކުންފުނީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ދަތިތަކެއް ދިމާވި ކަމަށެވެ. ނަމަވެސް ކުންފުނިން މަސައްކަތް ބައްޓަންކުރީ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތް މެދުނުކުނޑި ފޯރުކޮށް ދިނުމަށް ކަމަށް ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، ފެން ބިލްތަކުން 30 އިންސައްތަ ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިއުލާންކުރެއްވުމާއި ގުޅިގެން، ދަތިތަކުގެ ތެރެއިން ނަމަވެސް، ހިދުމަތް ހޯދަމުންދާ 70،000 ކަސްޓަމަރުންގެ ބިލުތަކުން ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ފެން ފޯރުކޮށްދެމުން ދަނީ ގްރޭޓާ މާލޭ ސަރަހައްދަށާއި، ރ. ދުވާފަރު އަދި ކ. މާފުށީގެ އިތުރުން ހދ. ކުޅުދުއްފުށީ ސިޓީގައި އެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އެހީވުމުގެ ގޮތުން ފެން ބިލުން، މުޅި ރާއްޖޭގެ ހުރިހާ ގެޔަކަށް 30 ޕަސެންޓުގެ ޑިސްކައުންޓު އަދި ވިޔަފާރިކުރާ ތަންތަނުގެ ބިލުން 20 ޕަސެންޓުގެ ދިނުމަށް ސަރުކާރުން ނިންމައި، އެކަން އިއުލާން ކުރީ މި އަހަރުގެ މެއި މަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް