ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ މެންދަމު 3:05 ގައި އެވެ.
މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ށ. ފުނަދޫގައި ހުންނަ ށ. ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެވެ. މިއީ އެ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ފުރަތަމަ މީހާ އެވެ.
މި މީހާ އާއި އެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 213 އަށް އަރާފައި އެވެ.
މިއީ މިމަހު ކޯވިޑްގައި މަރުވި ފުރަތަމަ މީހާ އެވެ. ރާއްޖޭގައި ކޯވިޑްގެ ހާލަތު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާއިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުން ދަނީ 21 މީހުންނަށެވެ.
އިއްޔެ ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 90 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް