ތޫފާނެއްގެ އިންޒާރާއެކު ޗައިނާގެ އެތައް ބަޔަކު ސަލާމަތީ އައްސޭރިތަކަށް

ޗައިނާގެ ދެކުނު އައްސޭރި ފަށުގެ ބައެއް ހިސާބުތަކަށް ވަރުގަދަ ތޫފާނެއް އަރާފާނެ ކަމުގެ އިންޒާރު ދިނުމާއިގުޅިގެން އެހިސާބުތަކުން 800،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފިއެވެ. ...

11 Jul 2015 | 11:50

ޗައިނާގެ ދެކުނު އައްސޭރި ފަށުގެ ބައެއް ހިސާބުތަކަށް ވަރުގަދަ ތޫފާނެއް އަރާފާނެ ކަމުގެ އިންޒާރު ދިނުމާއިގުޅިގެން އެހިސާބުތަކުން 800،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފިއެވެ.

ގަޑިއަކު 200 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރަމުންދާ "ޓައިފޫން ޗެން ހޮމް" ގެ ނަމުން ނަން ދެވިފައިވާ މި ތޫފާނު ޗައިނާއަށް އަރާނެކަމަށް ބެލެވެނީ މިހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ޗައިނާގެ ގައުމީ މޫސުމާ ބެހޭ އިދާރާތަކުން މައުލޫމާތު ދޭގޮތުގައި މި ތޫފާނުގެ އަސަރު ކުރާނީ ޗައިނާގެ އައްސޭރި ފަށުގައިވާ ސިޓީތަކެއް ކަމުގައިވާ ރުއިއަން އާއި ޒައުށަން އަށެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ތޫފާނަކީ 1949 ވަނަ އަހަރަށްފަހ ޗައިނާއަށް ދެން ކުރިމަތިވާ އެންމެ ވަރުގަދަ ތޫފާނެވެ.

ޒެޖިއާންގް ގެ ޕްރޮވިންސަލް ސިވިލް އެފެއާރސް އިން މައުލޫމާތު ދޭ ގޮތުގައި އެ ޕްރޮވިންސްގެ އައްސޭރި ފަށުގެ ހިސާބުތަކުން ގާތްގަނޑަކަށް 865،000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.މީގެ އިތުރުން ޕްރޮވިންސަލް ފްލަޑް ކޮންޓްރޯލް އިންވަނީ 28،764 ކަނޑު ދަތުރުކުރާ ބޯޓު ހުކުރު ދުވަހުގެ ކުރިން އައްސޭރިފަށަށް އައުމަށް އަންގާފައިވެއެވެ.

ޒައުށަން އަށް ކުރަމުންދާ ވައިގެ އަދި އެއްގަމު ދަތުރުތައް މިވަގުތަށް ވަނީ ހުއްޓާލާފައެވެ. މީގެ އިތުރުން ޗައިނާގެ ހޭންގްޒޫ، ނިންގްބޯ އަދި ވެންޒޯ އަށް ތާވަލްކޮށްފައިވާ ފްލައިޓްތައްވެސް ވަނީ ކެންސަލް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް