އައިއެސް އިން އިރާގުގެ މޮސުލް ގައި އީދުނަމާދު ކުރުން މަނާކޮށްފި

އައިއެސް އިން އިރާގުގެ އަވަށެއްކަމުގައިވާ މޮސުލްގައި ފިތްރް އީދުނަމާދުކުރުން މަނާކޮށްފިއެވެ އައިއެސް އިން ބުނެފައިވަނީ ފިތްރު އީދުނަމާދު ކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއްނޫންކަމުގައެވެ. މިއަވަށު...

11 Jul 2015 | 11:42

އައިއެސް އިން އިރާގުގެ އަވަށެއްކަމުގައިވާ މޮސުލްގައި ފިތްރް އީދުނަމާދުކުރުން މަނާކޮށްފިއެވެ

އައިއެސް އިން ބުނެފައިވަނީ ފިތްރު އީދުނަމާދު ކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއްނޫންކަމުގައެވެ. މިއަވަށުގެ ރައްޔިތުންއަށް ފިތްރު އީދުނަމާދު ނުކުރުމަށް އަންގަމުން އައިއެސް ގެ ދީނީ އިލްމުވެރިން ބުނެފައިވަނީ މިފަދަކަމެއް ކީރިތި ރަސޫލާގެ ޒަމާނުގައި ކޮއްފައިނުވާކަމެވެ. މިކަން ރިޕޯޓް ކޮށްފައިވަނީ ކުރްދިސްތާން ޑިމޮކްރެޓިކް ޕާޓީގެ އިސް އޮފިސިއަލެއް ކަމުގައިވާ އިސްމަތް ރަޖަބަ އާ ހަވާލާދީ ކުރްދީންގެ ނޫހެއްކަމުގައިވާ "ރުދާވް" އިންއެވެ.

މި ރަމަޟާންމަހު އައިއެސް އިން މޮސުލްގެ ރައްޔިތުންއަށް ތަރާވީސް ނަމާދު ކުރުން މަނާކޮށްގެން އެކަންވެސް ވަނީ ރިޕޯޓުކޮށްފައެވެ. ތަރާވީސްނަމާދު ކުރުން މަނާކުރީވެސް އެއީ އިސްލާމްދީނުގައި ނޯންނަ ކަމެއްކަމުގައި ބުނެ އެކަމަކީ ސައުދީން ތައާރަފްކުރި ކަމެއްކަމުގައި ބުނަމުންއެވެ. އައިއެސް ގެ މި އެންގުމާ ދެކޮޅަށް ތަރާވީސް ނަމާދު ކުރި 8 މީހެއްގެ ގައިގަ ވަނީ ހައްދުޖަޙާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް