ޖައިލަމް މަރާލިކަމުގެ ތުހުމަތު ކުރެވޭ ހުމައިދު ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް

މި އަހަރުގެ ކުރީކޮޅު ދަރުބާރުގޭ ކައިރިން ހ.ހަންޑްރެޑްފްލާވާ ޖައިލަމް އަހުމަދު ޝާކިރު މަރާލި ކަމަށް ތުހުމަތު ކުރެވޭ ގއ ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދު ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި ...

11 Jul 2015 | 10:42

މި އަހަރުގެ ކުރީކޮޅު ދަރުބާރުގޭ ކައިރިން ހ.ހަންޑްރެޑްފްލާވާ ޖައިލަމް އަހުމަދު ޝާކިރު މަރާލި ކަމަށް ތުހުމަތު ކުރެވޭ ގއ ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދު ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި އެވެ.

އިންޓަޕޯލުން ނެރުނު ނޯޓިސްގައި ބުނެފައިވަނީ ހުމައިދު ހޯދަމުން އަންނަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ގޭންގަކުން މީހަކު މަރާލި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި ހުމައިދު ހޯދަމުންދަނީ ރާއްޖޭގެ ޕީޖީން ކަމަށާއި ހޯދަމުންދަނީ ދައުވާ އުފުލުމަށްޓަކައި ކަމަށްވެސް ބުނެފައި ވެ އެވެ.

ޖައިލަމްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހުމައިދު ހޯދަމުން އަންނައިރު އެ މައްސަލައިގާ މިހާތަނަށް ތިން މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އެއީ އެއީ ވ. ސިނަމާލެ 4 01-04 އިސްމާއީލް އަނީގު އާއި ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދު އާއި ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް