ކުޑަ ކުދިންތަކަކަށް މަސްތުވާތަކެތިދީ، ގިނަ ބަޔަކު ބައިވެރިވެގެން، ފުޅާ ދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކުވައި، ބްލެކް މެއިލް ކުރަމުންދިޔަ މައްސަލާގައި އިތުރު ވިޔަފާރި ވެރިޔަކު ފުވައްމުލަކުން ހައްޔަރު ކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މި ވިޔަފާރިވެރިޔާއަކީ ފުލުހުން އަތުލައިގެން އުޅޭ ނެޓްވޯކްގައި އިސް ދަޢުރެއް އަދާކުރަމުންދާ ފަރާތެކެވެ.
ނަމަވެސް މިކަމާމެދު ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ. މި މައްސަލައިގާ އިތުރު ވިޔަފާރިވެރިއަކު ހައްޔަރުކޮށްފައިވާއިރު ހައްޔަރުކުރި މީހުންގެ ތެރޭގައި ޖުމްލަ ތިން ވިޔަފާރިވެރިއަކު ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް