ޒަކާތް ބަލައިގަންނަ މުއްދަތު އިތުރުކޮށްފި

ފިތުރު ޒަކާތް ބަލައިގަންނަ މުއްދަތު އިތުރުކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީ އިން މީގެކުރިން ނިންމާފައި ވަނީ މި މަހު 14 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަތުމަށް ނިންމާފައިވީ ނަމަވެސް މިހާރު ވަނީ އެ ...

11 Jul 2015 | 09:19

ފިތުރު ޒަކާތް ބަލައިގަންނަ މުއްދަތު އިތުރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މީގެކުރިން ނިންމާފައި ވަނީ މި މަހު 14 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަތުމަށް ނިންމާފައިވީ ނަމަވެސް މިހާރު ވަނީ އެ މުއްދަތު މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝެއިހު އިބުރާހިމް އަހުމަދު ބައެއްނޫސްތަކަށް ޚަބަރު ދެއްވިގޮތުގައި މުއްދަތު އިތުރުކޮށްފައި ވަނީ އެންމެ ލަހުން ޒަކާތް ދައްކާ ފަރާތްތަކުގެ ޒަކާތް ވެސް ސަރުކާރުން ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމަށެވެ. ފިތުރު ޒަކާތް އީދު ދުވަހުގެ އީދު ނަމާދުގެ ކުރިން ދެއްކުން ފަރުޟެވެ. ޒަކާތް ބަލައިގަތުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ވަނީ މޭޒްތަކެއް ގާއިމް ކޮށްފައެވެ. ރައްރަށުން ޒަކާތް ބަލައިގަންނަނީ އެ ރަށްރަށުގެ ކައުންސިލްގެ އިދާރާ އިންނެވެ.

މި އަހަރު ވެސް ފޯނުން ޒަކާތް ދެއްކޭއިރު ބޭންކްތަކުން ވެސް ވަނީ ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ.

ޒަކާތް ދައްކަން ޖެހޭ މިންވަރު:

- އާދައިގެ ހަނޑޫ ނަމަ މީހަކަށް 12 ރުފިޔާ.

- ތައިލެންޑް ހަނޑޫ ނަަމަ މީހަކަށް 50 ރުފިޔާ.

- ބާސްމަތީ ހަނޑޫ ނަމަަ 75 ރުފިޔާ.

ޒަކާތު ފައިސާ ދޫކުރަން ނިންމާފައި ވަނީ ރޯދަ މަހުގެ 28 ވަނަ ދުވަހާއި 29 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް