ކުޑަކުދިންތަކެއް ލައްވާ ފައިސާއަށް ހަށިވިއްކުވާ ބްލެކްމެއިން ކުރަމުންދާ ނެޓްވޯކެއް އަތުލައިގެންފި

ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ ފުޅާ ދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކުވާ، ބްލެކް މެއިލް ކުރަމުންދާ މައްސަލައެއްގައި 10 މީހަކު ހައްޔަރު ކޮށްފި  އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މ...

10 Jul 2015 | 21:37

ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ ފުޅާ ދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކުވާ، ބްލެކް މެއިލް ކުރަމުންދާ މައްސަލައެއްގައި 10 މީހަކު ހައްޔަރު ކޮށްފި  އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ގިނަ ބަޔަކު ބައިވެރިވެގެން، ފުޅާ ދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކުވާ، ބްލެކް މެއިލް ކުރަމުންދާ މައްސަލައެއްގައި 10 މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިއަދު ހަވީރު 16:00 އިން މިރޭ ދަންވަރު 02:00 އާއި ހަމައަށް ކޯޓު އަމުރެއްގެ ދަށުން 10 މީހަކު ހައްޔަރު ކޮށްފައިވަނީ ފުވައްމުލަކުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ވިޔަފާރިވެރިންނާ ކެފޭތައް ހިންގާ މީހުންގެ އިތުރުން ރަށުގެ ނުފޫޒުގަދަ މީހުންވެސް ހިމެނެ އެވެ. އަދި މި މީހުން މިކަމެއް ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުގައި ކަމަށްވެސް މައުލޫމާތު ލިބެ އެވެ. އަދި މިމީހުން މިކަން ކުރުމުގައި 14 އަހަރުގެ އަދި 16 އަހަރުގެ އަންހެންކުއްޖަކު ބްލެކްމެއިލްކޮށްގެން ގެންގުޅޭކަމުގެ މައުލޫމާތުވެސް ވަނީ ލިބިފަ އެވެ.

މި މައްސަލައާއި ގުޅިގެން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްގެ ޙާއްޞަ ތަޙުޤީޤު ޓީމަކާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ތަޙުޤީޤު ގުޅިގެން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް