ދިވެހި ޙައްޖުވެރިން ހުކުރު ދުވަހު އަންނަން ފަށާނެ

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރިން މި މަހުގެ 13 ވާ ހުކުރު ދުވަހު އަންނަން ފަށާނެއެވެ. ޙައްޖު މިޝަނުން ހާމަކޮށްފައިވާގޮތުގައި ޙައްޖުވެރިން އެނބުރި އައ...

11 Jun 2025 | 09:17

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރިން މި މަހުގެ 13 ވާ ހުކުރު ދުވަހު އަންނަން ފަށާނެއެވެ.

ޙައްޖު މިޝަނުން ހާމަކޮށްފައިވާގޮތުގައި ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ހަތަރު ފްލައިޓަކަށް ބަހާލައިގެންނެވެ. އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެ ވަނަ ފްލައިޓު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފްލައިޓުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ފްލައިޓުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާ ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވަނީ ހައްޖުގެ އަޅުކަމަށް ފަހު މީހުން އަނބުރާ އަންނައިރު، ތޮއްޖެހުން ކުޑަކޮށް، ރޯގާތައް ފެތުރުން ކުޑަކުރުމަށް މަދުން މީހުން ދިއުމަށް އެދިވަޑައިގެންފަ އެވެ.

ދިވެހި ޙައްޖުވެރިން ޙައްޖުގެ އަޅުކަންތައް ފުރިހަމަ ކުރުމަށްފަހު މިއަދު ވަނީ މަދީނާއަށް ފުރަން ފަށާފައެވެ. އެގޮތުން ފުރަތަމަ ގުރޫޕުގެ ޙައްޖުވެރިން މިއަދު ވަނީ މަދީނާއަށް ފުރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް