ފުވައްމުލައް ސިޓީގައި މާރާމާރީއެއް – އަނިޔާވި ޒުވާނަކު ފަރުވާއަށް އައްޑޫ ސިޓީއަށް

ފުވައްމުލައް ސިޓީގައި ހިންގި މާރާމާރީއެއްގައި ޒުވާނަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މާރާމާރީގެ މައްސަލަ ރޭ 08:54 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވ...

11 Jun 2025 | 04:58

ފުވައްމުލައް ސިޓީގައި ހިންގި މާރާމާރީއެއްގައި ޒުވާނަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މާރާމާރީގެ މައްސަލަ ރޭ 08:54 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.

"އަނިޔާވެފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކަށް، ބޭރުފުށުން ފެންނަން ހުރި އަނިޔާގެ ތެރޭގައި ނޭފަތާއި އަނގަމަތި ފަޅައިގެންގޮސް، ކަނާތު ލޯމަތި ދުޅަވެ އިތުރު ކުދި އަނިޔާވެފައިވޭ" ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ އިތުރު ފަރުވާއަށް އައްޑޫ ސިޓީއަށް ގެންގޮސްފައިވާކަމަށާއި މައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް