މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރާ، އުމުރުން އެންމެ ދުވަސްވީ މީހަކަށް 130 އަހަރުގެ ސަރްހޫދާ

ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢޫދީ އަރަބިއްޔާއަށް މިއަދު ދިޔަ އަލްޖީރިޔާގެ ސަރްހޫދާ ސްތީތީއަށް ސަޢޫދީން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ސަރްހޫދާއަކީ މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރާނެ، އުމުރު...

11 Jun 2024 | 18:42

ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢޫދީ އަރަބިއްޔާއަށް މިއަދު ދިޔަ އަލްޖީރިޔާގެ ސަރްހޫދާ ސްތީތީއަށް ސަޢޫދީން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ސަރްހޫދާއަކީ މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރާނެ، އުމުރުން އެންމެ ދުވަސްވީ މީހާ ކަމުގައި ސަޢޫދީ އަރަބިއްޔާއިން ބުނެއެވެ.

އޭނާގެ އުމުރަކީ 130 އަހަރެވެ. އޭނާ މިއަދު މައްކާއަށް ގޮސްފައިވަނީ ސަޢުދިއާ އެއާލައިންސްގެ ފްލައިޓެއްގައެވެ. އެ އެއާލައިންގެ ފަރާތުންވެސް އަދި މައްކާއިންވެސް ސަރްހޫދާއަށް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ.

މި އަހަރު ޙައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.5 މިލިޔަން މުސްލިމުން ބައިވެރިވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް