ދެ ފުލުހަކަށް ހަމަލާދިން އަންހެނަކު ހައްޔަރުކޮށްފި

ދެ ފުލުހަކަށް ހަމަލާދިން އަންހެނަކު ހައްޔަރުކޮށްފިއެވެ. ދުވަހަށް މަޢުލޫމާތުދެވަމުން ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވީ މިފަދަ މައްސަލައެއްގައި އިއްޔެ މާލެއިން އަންހެނަކު ހައްޔަރުކޮށްފައިވާކަމަށާއި ...

11 Jun 2024 | 17:33

ދެ ފުލުހަކަށް ހަމަލާދިން އަންހެނަކު ހައްޔަރުކޮށްފިއެވެ.

ދުވަހަށް މަޢުލޫމާތުދެވަމުން ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވީ މިފަދަ މައްސަލައެއްގައި އިއްޔެ މާލެއިން އަންހެނަކު ހައްޔަރުކޮށްފައިވާކަމަށާއި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް 10 ދުވަހު މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން45 އަހަރުގެ އަންހެނެކެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި އަންހެން މީހާ ހައްޔަރުކުރީ އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް އުޅޭތީ އެ މައްސަލައިގާ އެޓެންޑްވި ދެ ފުލުހަކަށް ހަމަލާ ދިނުމުންނެވެ. ހަމަލާ އަމާޒުވީ އަންހެން އަދި ފިރިހެން ފުލުހަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް