ދުންފަތުން ސަލާމަތް ކުރުމަށް ސަރުކާރުން "ދަފަރާ" ކެމްޕެއިން އިފްތިތާހުކޮށްފި

މިއަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ރޭ ނ.މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ދުންފަތުން ސަލާމަތް ކޮށްދިނުމަށް "ދަފަރާ" ގެ ނަމުގައި ކެމްޕެއިންނެއް އިފްތިތާހު ކޮށްފިއ...

11 Jun 2024 | 17:18

މިއަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ރޭ ނ.މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ދުންފަތުން ސަލާމަތް ކޮށްދިނުމަށް "ދަފަރާ" ގެ ނަމުގައި ކެމްޕެއިންނެއް އިފްތިތާހު ކޮށްފިއެވެ.

މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވާފައި ވަނީ ޞިއްޙަތާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ ޙަލީލްއެވެ.

މި ކެމްޕެއިންގެ މަގްސަދަކީ ބެލެނިވެރިން ބާރުވެރިކުރުވާ ދުންފަތުގެ ނުބައި އާދައިން ކުޑަކުދިންނާއި ޒުވާނުން ޖީލު ރައްކާތެރިކޮށް ދުރުހެލިވުމަށް މަސައްކަތް ކުރުމެވެ.

މި ކެމްޕެއިން އިފްތިތާހުކޮށްދެއްވުމަށް ފަހު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތައް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، މިހާރަކަށް އައިސް ވޭޕްކުރާ މިންވަރުވެސް ދަނީ އިތުރުވަމުން ކަމަށެވެ. އަދި އެއީ ދުންފަތާއި އެއްވަރަށް ނުރައްކާތެރި އެއްޗެއްކަން ފާހަގަކުރައްވާ ޝީޝާބުއިން އިތުރުވެފައިވާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ކުޑަކުދިން އަދި ސުކޫލު ކުދިން ، ދުންފަތާއި ދުރުކުރުމަށް މައިންބަފައިން ސަމާލުވާން ޖެހޭ ކަމަށެވެ.

މި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ކޮންމެ އަތޮޅަކުންވެސް ވަކި ފަރާތެއް ތަމްރީނުކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމަވާފައެވެ. މީގެއިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުން އެކަން ހުއްޓާލަން ބޭނުންވާ ފަރުވާ ދިނުމުގެ ނިޒާމް ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައި ދުރުނޫން މުސްތަގުބަލެއްގައި ގާއިމް ވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ސިގިރޭޓު ގަތުމަށް އަހަރެއްގެ މައްޗަށް 1.8 ބިލިއަން ރުފިޔާ ހޭދަކުރާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. ވެއެވެ.

"ދަފަރާ" ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވަނީ އެއް އަހަރުގެ މުއްދަތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް