ޔޫއެފާ ޔޫރޯގެ މެޗުތައް ފެށެން ގާތްވެފައިވާއިރު ހަމަ އެންމެ 250 ރުފިޔާއަށް 100 ޖީބީއާއެކު، ސޮނީ ލިވް އެޕް މެދުވެރިކޮށް ޔޫރޯގެ ހުރިހާ މެޗެއް ބަލާލުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސް އިން ފަހިކޮށްދީފިއެވެ.
މި ފުރުޞަތު އުރީދޫއިން ފަހިކޮށްދީފައިމިވަނީ އުރީދޫ ފުޓްބޯޅަ ފޯރީގެ ދަށުންނެވެ.
އެގޮތުން ފުޓުބޯޅަ ފޯރި އަށް ހާއްސަ ސޮނީ ލިވް ޕެކްތަކެއް އުރީދޫއިން މިވަނީ ތައާރަފުކޮށްފައެވެ. މީގެން އެއް ޕެކްގައި ސޮނީ ލިވްގެ މެމްބަޝިޕާއި 30 ދުވަހުގެ ވެލިޑިޓީއާއެކު 250 ރުފިޔާއަށް 100 ޖީބީ ހިލޭ ޑޭޓާ ހިމެނޭ ޕެކް އެކެވެ.
މި ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ލިމިޓާ މެދު ކަންބޮޑުވުމެއް ނެތި ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމްކޮށްލެވޭނެއެވެ. މި ޕެކާއި އެކު ކޮންމެ ތަނެއްގައި ހުރެގެންވެސް މެޗް ބަލާލެވޭނެއެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވޭނެއެވެ.
މި ޕެކް ތަކާއި އެޑޮންސް ތައް އުރީދޫގެ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް