މީހުން ރަހީނުކޮށް ފޭރޭ މައްސަލައެއްގައި ހައްޔަރުކުރި ދެމަފިރިންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ. މިފަހަރު މި ދެމީހުންގެ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ދީފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި އަންހެނަކާއި 40 އަހަރުގެ ދިވެހި ފިރެހެނެކެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގައެވެ. މި ދެމީހުންވެސް ނިސްބަތް ވަނީ މެދު ރާއްޖެ ތެރޭގެ ރަށަކަށެވެ.
މި މައްސަލައާއި ގުޅިގެން ފުރަތަމަ ޖެހީ ފިރެހެން މީހާގެ ބަނދަށް15 ދުވަސް އަދި އަންހެން މީހާގެ ބަންދަށް10 ދުވަހެވެ.
އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވުމުން ކޯޓުން ވަނީ އިތުރު15 ދުވަސް ޖަހާފައެވެ. އަދި ފިރިހެން މީހާގެ ބަންދަށްވެސް ވަނީ އިތުރު 15 ދުވަސް ޖަހާފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާގޮތުގައި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މީހާ ރަހީނުކޮށްގެން ގެންގުޅުނު ހ.ހޯގުޅާ މަންޒިލް ގެއިންނެވެ.
އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މީހަކު ރަހީނުކޮށްގެން އުޅޭތީ، ފުލުހުން އެގެއަށް ދިޔުމުން އެ ގޭގެ ފްލޯއަކުން ފޭބި ވަގުތުގައި ކަމަށް އަމުރުގައި ބުނެފައިވެއެވެ. އަދި ފިރިހެން މީހާ ހައްޔަރުކުރި ކަމަށް އެ އަމުރުގައި ބުނެފައިވަނީ މީހާ ރަހީނުކުރުމުގައި ޝާމިލްވެފައިވާތީ ކަން ފުލުހުންނަށް އެނގުމުން ހ.ހޯގުޅާ ކައިރިން ކަމަށްވެސް ބުނެފައިވެއެވެ.
ރަހީނުކޮށްގެން މީހާ ގެންގުޅު ކަމަށް ބުނާ ތަނުގައި ލަކުނޑި ބުރިތަކާއި ދަނޑިބުރިތަކެއްވެސް ހުރިކަމަށް އެ އަމުރުގައި ބަޔާން ކޮށްފައި ވެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ފޭރޭ މައްސަލައާއި ރަހީނު ކުރުމުގެ މައްސަލަތައް ދަނީ އިތުރު ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް