މި އަހަރުގެ ޙައްޖުގެ އަޅުކަން ކުރިއަށްދާއިރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގަދަ ހޫނުކަމުގައި ސަޢޫދީ އަރަބިއްޔާއިން ބުނެފިއެވެ.
އެގޮތުން އެ ޤައުމުގެ ޞިއްޙަތާއިބެހޭ ވުޒާރާގެ ތަރުޖަމާނު މުހައްމަދު އަލް އަބްދުއްލާލީ ވިދާޅުވެފައިވަނީ 14 ގައި ފެށޭ ޙައްޖު މޫސުމަށް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގަދަ ހޫނު ކަމަށެވެ.
"ޙައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަނގަޅު ހެޔޮ ފިޔަވަޅުތަކެއް އެޅުމަށް އަދި ފިނިހޫނުމިން ކޮންޓްރޯލް ކުރެވެން އޮތް މިންވަރަކަށް ކުރުމަށް ގިނަ މަސައްކަތްތަކެއް މި އަންނަނީ ކުރަމުން" އޭނާ ވިދާޅުވެފައިވެއެވެ.
ކުޑަ ގެންގުޅުމަށާއި ގިނަ ގިނައިން ފެން ބުއިމަށާއި އަދި ވެގެންވަންޏާ ފެން ގެންގުޅުމަށް އިލްތިމާސްކޮށްފައިވެއެވެ.
ސަޢޫދީގެ ސެންޓަރ ފޮރ މީޓިއޮރޮލޮޖިކަލް އިން ނިމުތުކުރާގޮތުގައި ޙައްޖު މޫސުމުގައި ހޫނު މިން ހުންނާނީ 45 ޑިގްރީ ސެލްސިއަސްއާއި 48 ޑިގްރީ ސެލްސިއަސްއާއި ދެމެދުގައެވެ. ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ބެލެވުނުނަމަވެސް ހޫނުމިން ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް