މޯލްޑިވްސް އިމިގްރޭޝަންއިން ފަލަސްތީނު ރައްޔިތުންނަށް އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.
އިމިގްރޭޝަންގެ "ރެކްރިއޭޝަން ގްރޫޕް" އިސްނަގައިގެން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔައި ފަންޑްރައިޒިން އިނީޝިއޭޓިވްގެ ތެރެއިން ލިބުނު އެއް ލައްކަ ރުފިޔާ މިހާރު ވަނީ އިމިގްރޭޝަންއިން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާ ހަވާލުކޮށްފައެެވެ.
މި ފައިސާ އައިއޭސީ އާއި ހަވާލުކޮށްދެއްވާފައިވަނީ އިމިގްރެޭޝަންއިން އެކަމަށް ހާއްސަ ކޮށްގެން ބޭއްވި ހަފްލާއެއްގެ ތެރެއިންނެވެ. އިމިގްރޭޝަންގެ ޝަމްއާން ވިދާޅުވީ އިމިގްރޭޝަން މުވައްޒަފުން މަސައްކަތް ކުރަނީ އެއް އާއިލާއެއްގެ ގޮތުގައި ކަމަށާއި އެހީތެރިވާން ޖެހޭ ކޮންމެ ކަމެއްގައި އިމިގްރޭޝަން އޮފިސަރުންގެ ފަރާތުން ފުރިހަމަ އެއް ބާރުލުމެއް ލިބޭނެ ކަމަށެވެ.
ދިވެހިންގެ ތެރިއިން އަމިއްލަ ފަރުދުންނާއި އެކި އެކި މުވަސަސާތަކުންވެސް ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ވަނީ ގިނަ ގުނަ ފަންޑެއް ފޯރުކޮށްދީފައެވެ. އައިއޭސީ މެދުވެރިކޮށް ފަންޑް ރައިޒިން އިން ލިބޭ ފައިސާ ފަލަސްތީނު ރައްޔިތުންނަށް ދިވެހިން ދަނީ ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް