ދަ ޑިމޮކްރެޓްސް އިން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދުކުރީ އިންޑިއާއާއި ރާއްޖޭގެ ގުޅުން ރަނގަޅުވާ ބޮޑު މަންޒަރު ފެންނާތީ ކަމުގައި ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޑިމޮކްރެޓްސް އިން ޑރ. މުޢިއްޒަށް ތާޢީދުކުރީ މިއަދު މި ދެކޭ ސުލްޙަވެރި، ގުޅުން ރަނގަޅު އިންޑިއާ ކަނޑުގެ ތަސައްވުރު ފެންނާތީ ކަމަށެވެ.
"ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ކޮންމެ އިންތިޚާބަކަށްފަހު އަނެއްފުށަށް ޖެހޭ ކަމެއްގެ ގޮތުގައި އޮތުމުން ދިވެހިންނަށް ލިބޭ ގެއްލުން ބޮޑު" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު އެ ވިދާޅުވަނީ ކުރީ ސަރުކާރުން ނަމަ އިންޑިއާއަށް އެކަނި ބަރޯސާވެ އަދި އޭގެ ކުރީ ސަރުކާރުން ނަމަ ހަމަ އެކަނި ޗައިނާއަށް ބަރޯސާވެ އޮންނަކަމަށް ބުނާ ބުނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް