އއ. ތޮއްޑޫގައި އެ ރަށު ކައުންސިލް ފުރާޅަށް ގާ އުކައި ހަމަނުޖެހުން ހިންގި މައްސަލައިގާ ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ އެ ރަށުގެ ކައުންސިލް އިދާރާގެ ފުރާޅަށް ގާއުކައި ހަމަނުޖެހުން ހިންގި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ އަށް މީހަކު ހައްޔަރުކުރިކަމަށެވެ.
މިއަދު ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ޝަރުތުކުރުމަށްފަހު އެންމެން ދޫކޮށްލާފައިވާކަމަށެވެ.
މިދިޔަ ބުދަ ދުވަހު ތޮއްޑޫގައި އިހުތިޖާޖުކޮށްފައިވަނީ އެ ރަށުން ދަނޑުބިންތައް ބެހިގޮތާއިމެދު ރައްޔިތުންގެ ތެރެއިން ބަޔަކު ހިތްހަމަނުޖެހިގެންނެވެ. އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް