ޙައްޖުވެރިން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާނެ ސަލާމަތީ ފައުޖުތަކުގެ ތައްޔާރީތައް ސަޢޫދީ އަރަބިއްޔާގެ ދާޚިލީ ވަޒީރު ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު، ބައްލަވާލައްވައިފިއެވެ.
ރޭގެ ވަގުތެއްގައި ކުރިއަށްގެންދިޔަ ތައްޔާރީތަކާއި ގުޅޭ ޑްރިލް ސަޢޫދީ ދާޚިލީ ވަޒީރު ބައްލަވާލައްވާފައިވާއިރު އެ ޑްރިލްގައި، ޙައްޖުގެ އަޅުކަން ކުރިއަށްދާއިރު ދިމާވެދާނެ ސަލާމަތީ ހާލަތުތަކާއި ގުޅުންހުރި ޑްރިލްތަކާއި ފައުޖުތަކުގެ އުކުޅުތަކާއި ފައުޖުތަކުން ބޭނުންކުރާނެ ހަތިޔާރާއި އުޅަނދުތައް ދައްކާލާފައިވެއެވެ.
މި ޑްރިލްއަކީ ކޮންމެ އަހަރެއްގެ ޙައްޖާއި ގުޅުވައި ދުރާލާ ކުރިއަށްގެންދާ ޑްރިލްތަކެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާ އެތައް މިލިޔަން މުސްލިމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަޢޫދީ އަރަބިއްޔާއިން އަބަދުވެސް ޚާއްޞަ އިސްކަމެއް ދެމުން ގެންދެއެވެ.
https://www.facebook.com/dhuvasmv/posts/pfbid02cSvZDPTbDVGQ2VyxGKXcY8mzUNbeK8oHHGZyxLqdWaXWvKwrZ6w8g4QH8eBizayjl?__cft__[0]=AZWtRn5TGKgLtrMk_WQxInBDhXahd2AHvK72KgWU1GpLfkMwHUAAlFRbKFHoMhWcQZT2Zmjo36XEwKM5-L480AKfmKFqT5-knCHb8b01jrLeFUEbp70KWnTJDRCPwc3OYLLqjuEcmAU3UlZBEPXhSe7RbiPlePZzDPf_mS2iaUER1CltPSjeqQHfs-9NeLRDuNF1jEVpf1PxhzJOlds3SfY0&__tn__=%2CO%2CP-R
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް