އއ. ތޮއްޑޫގައި އާދީއްތަ ދުވަހުގެ ރޭ ތަނެއްގައި ހުޅުޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ދެ ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.
ފުލުހުން އިއްޔެ ހެނދުނު ބުނެފައިވަނީ ތޮއްޑޫ ބްރައިޓް އަންހެނުންމަގު ބޭރު ހޭޅިފަށުގައި އަލިފާން ރޯވެފައިވާކަމަށް އާދީއްތަ ދުވަހުގެ ރޭގެ 09:30 ހާއިރު ފުލުހުންނަށް ރިޕޯޓު ލިބުނު ކަމަށާއި އެ މައްސަލައާއި ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކުރިކަމަށެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އެމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުގެ ބަންދަށް ދެ ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.
ހުޅުޖެހި މައްސަލައިގެ މާ ގިނަ ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ. އެހެންނަމަވެސް އެ ރަށުގެ ދަނޑުބިންތައް ބެހިގޮތުން ހިތްހަމަނުޖެހުން ފާޅުކޮށް މި މަހުގެ ފަސްވަނަ ދުވަހު އެ ރަށުގައި ވަރުގަދަ އިހްތިޖާޖުތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް