ގިނަ އަދަދެއްގެ ބަޔަކާއި އެކު "މަގޭ ނަބިއްޔާ" ސައިކަލު ބުރު ބާއްވައިފި

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ދިފާއުގައި މާލޭގައި ސައިކަލު ބުރެއް ބައްވައިފި އެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ސައިކަލު ބުރު ފެށީ ރަސްފަންނު ސަރަހައްދުންނެވެ. މަޖ...

11 Jun 2022 | 17:48

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ދިފާއުގައި މާލޭގައި ސައިކަލު ބުރެއް ބައްވައިފި އެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ސައިކަލު ބުރު ފެށީ ރަސްފަންނު ސަރަހައްދުންނެވެ. މަޖީދީ މަގުން ގޮސް ހެންވޭރުން ސައިކަލު ބުރު ދިޔައީ ބޮޑުތަކުރުފާނު މަގުންނެވެ.

މި ސައިޖަލު ބުރުގައި ބައިވެރިވި މީހުން ވަނީ ނަބިއްޔާގެ ދިފާއުގައި ޝުއޫރު ލިޔެފައިވާ ލިޔުންތަކުގެ އިތުރުން އަޑުގަދަ ކުރާއިން ދީނީ ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ.

އަދި ސައިކަލު ބުރުގެ ބައިވެރިން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރަސޫލާއަށް ފުރައްސާރަ ކުރި ބީޖޭޕީގެ ދެ މެމްބަރުންގެ ފޮޓޯ އަންދާލާފައިވެ އެވެ.

މި ސައިކަލު ބުރަކީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސްވެރިންތަކެއް ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގަ އެވެ. އެ މައްސަލައިގަ އެ ފަރާތްތަކަށް ޕާޓިން ފިޔަވަޅު އެޅިއަސް އިސްލާމީ ގައުމުތަކުންނާއި މުސްލިމުން ދަނީ އިންޑިއާ ސަރުކާރުން މި މައްސަލައިގަ މައާފަށް އެދެން ޖެހޭނެ ކަމަށް ގޮވާލަމުންނެވެ.

ދިވެހި ސަރުކާރުންވެސް ވަނީ މި މައްސަލަ ކުށްވެރިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް