ހުޅުމާލޭ ފްލެޓެއްގެ ތިން ވަނަ ބުރިން އަންހެނަކު ވެއްޓިއްޖެ

ހުޅުމާލޭ ފްލެޓެއްގެ ތިން ވަނަ ބުރިން މީހަކު ވެއްޓިއްޖެ އެވެ. މިކަން ހިނގާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި އެވެ. ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހަވީރު5:30 ހާއިރު ކަމަށެވެ. ވެއްޓިފައިވަނީ އު...

11 Jun 2022 | 15:11

ހުޅުމާލޭ ފްލެޓެއްގެ ތިން ވަނަ ބުރިން މީހަކު ވެއްޓިއްޖެ އެވެ.

މިކަން ހިނގާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި އެވެ.

ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހަވީރު5:30 ހާއިރު ކަމަށެވެ. ވެއްޓިފައިވަނީ އުމުރުން22 އަހަރުގެ ދިވެހި އަންހެނެކެވެ.

ފުލުހުން ބުނީ އެމީހާއަށް ފަަރުވާ ދިނުމަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހާއަށް ލިބިފައިވާ ޒަހަމްތަކާއި އޭނާގެ ހާލަތާއި ގުޅޭ މައުލޫމާތެއް އަދި ނޭނގެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ ފުލުހުންނާއި އާންމުންގެ އެހީތެރިކަމާއި އެކު އެ އަންހެން މީހާ ނަގައިގެން ގެންދާތަނެވެ.

ފުލުހުން ބުނީ މި މައްސަލައިގަ އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް