ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީ ގެ މައްސަލައެއްގައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ކަސްޓަމްސްއިން ބުނީ އެ ތަކެތި އެތެރެ ކޮށްފައިވަނީ ކަނޑުމަގުން އެތެރެ ކުރި ޝިޕްމެންޓެއްގައި ކަމަށެވެ. އޭގެ ތެރޭގައި މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ދެ ބާވަތެއް ހުރި ކަމަށް މައުލޫމާތުދެ އެވެ.
އެ އިދާރާއިން ބުނީ މި ޝިޕްމެންޓު ރާއްޖެއަށް އައިސްފައިވަނީ މިދިޔަ މަހުގެ29 ވަނަ ދުވަހު ކަމަށެވެ. މި މައްސަލަ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
ކަސްޓަމްސްއިން ބުނީ އޮޕަރޭޝަން ނިމުނުހާ އަވަހަކަށް ތަފްސީލް ހާމަ ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް