އައިޖީއެމްއެޗު ހިތާނީ ކޭމްޕު ޖުލައިގައި ދޭއްގައި، 300 ކުދިން ހިތާނު ކުރާނެ

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް އައިޖީއެމްއެޗުން ބާއްވާ ހިތާނީ ކޭމްޕްގައި 300 ކުދިން ހިތާނު ކުރަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. އައިޖީއެމްއެޗް އިން މިއަދު ބުނީ އެ ހ...

11 Jun 2022 | 11:17

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް އައިޖީއެމްއެޗުން ބާއްވާ ހިތާނީ ކޭމްޕްގައި 300 ކުދިން ހިތާނު ކުރަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗް އިން މިއަދު ބުނީ އެ ހޮސްޕިޓަލުން ހިތާނު ކުރުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި ނަންނޯޓް ކުރުން ކުރިޔަށް ދާނީ އޯޕީޑީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 16:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާގައިވާ ސާޖަރީ ކައުންޓަރުން ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

އައިޖީއެމްއެޗުގެ ހިތާނީ ކޭމްޕް ގައި ހިތާނު ކުރުން ކުރިޔަށް ދާނީ ޖުލައި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ހިތާނު ކުރުމަށް އެޕޮއިންމެންޓް ހަމަޖެހިގެންދާނީ ނަންނޯޓު ކުރާ ތަރުތީބުން ކަމަށް ވެސް އައިޖީއެމްއެޗުން ހާމަކުރެއެވެ.

މީގެ އިތުރުން އައިޖީއެމްއެޗްއިން ބުނީ އެ ހޮސްޕިޓަލުން މި އަހަރު ހިތާނު ކުރުމަށް ހަމަޖެހިފައިވާ ކުދިންގެ އަދަދަކީ 300 ކަމަށްވާތީ އެ އަދަދު ހަމަވުމުން ނަން ނޯޓް ކުރުން ހުއްޓާލެވޭނެ ކަމަށެ

ހިތާނީ ކޭމްޕާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ހެނދުނު 8:00 އިން ހަވީރު 16:00 އާއި ދެމެދު އައިޖީއެމްއެޗްގެ ސާޖަރީ ކައުންޓަރު ނަންބަރު 3335300 އަށް ގުޅުމަށް އައިޖީއެމްއެޗްއިން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް