ރަޝިޔާއާއި ޗައިނާއާއި ދެގައުމުގެ ދެމެދު ގުޅުވައިދޭ ކްރޮސް ބޯޑަރ ބްރިޖެއް ހުޅުވައިފިއެވެ.
މިއީ ރަޝިޔާގެ އިރުމަތީގައި އޮންނަ ބްލަގަވިޝްސިންކް ސިޓީއާއި ޗައިނާގެ ހޭއައިހެ ސިޓީ ގުޅުވައިދޭ 1 ކިލޯ މީޓަރުގެ ބްރިޖެކެވެ.
ބްރިޖުގެ އަމަލީ މަސައްކަތް މީގެ ދެ އަހަރު ކުރިން ނިމިފައިވީ ނަމަވެސް މި ބްރިޖު ހުޅުވުން ފަސްކުރީ ކޮވިޑާ ގުޅިގެންނެވެ.
ޗައިނާއާއި ރަޝިޔާއިން ޤަބޫލުކުރާ ގޮތުގައި މި ބްރިޖަކީ ދެ ގައުމުގެ ވިޔަފާރި އާއި ސިޔާސީ ގުޅުން އިތުރަށް ވަރުގަދަކޮށްދޭނެ ވަސީލަތެކެވެ.
ދެ ޓްރެފިކް ލޭން ހިމެނޭ މި ބްރިޖުގެ އަގު ގާތްގަނޑަކަށް 342 މިލިއަން ޑޮލަރަށް އަރައެވެ.
ރަޝިޔާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިޔާ ވިޓަލީ ސޭވްލިއޭވް ވިދާޅުވީ، މި ބްރިޖުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ކާގޯ ގެ ޓާންއޯވާ އަހަރެއްގެ މައްޗަށް އެއް މިލިއަން ޓަނާ ހަމައަށް ފޯރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް