ވިލިމާލެ އިރުމަތީ ފަރާތު ބީޗުގައި ފައިބަރު މަސައްކަތް ކުރާ ތަން މި އަންނަ އޮގަސްޓް އެއް ވަނަ ދުވަހުގެ ކުރިން ބަންދު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ
ވިލިމާލެ ފައިބަރު މަސައްކަތްކުރާތަން ބަންދުކުރަން ނިންމާފައި މިވަނީ ތިމާވެށި ހިމާޔަތްކުރަން އަޑުއުފުލާ ޖަމިއްޔާ "ސޭވް ދަ ބީޗް މޯލްޑިވްސް" އިން އެ ސަރަހައްދު ހިމާޔަތް ކުރަންޖެހޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް ސިލްސިލާ އެއްވުންތަކެއް ބާއްވާފައި ވަނިކޮށެވެ.
މިދިޔަ ބުދަ ދުވަހު އޮތް ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވަނީ މިކަމާ ގުޅުން ހުރި މައިގަނޑު ފަސް ނިންމުމެއް ނިންމާފައެވެ.
އެގޮތުން ތިލަފުށިން އެކަށީގެންވާ ވަރުގެ ބިމެއް ހަމަޖައްސައި ދިނުމަށް ސަރުކާރުގައި ދެންނެވުމަށާއި ތިލަފުއްޓަށް ބަދަލު ކުރެވެންދެން ވިލިމާލޭގެ ހުޅަނގުފަރާތުގައި އެކަށީގެންވާ ހަރުގެއް ހަދައި ރެގިއުލޭޓް ކުރެވޭނެ ނިޒާމަކުން ޖާގަ ކުއްޔަށް ދިނުމަށެވެ.
އަދި މިހާރު ފައިބަރު މަސައްކަތް ކުރާ ތަން އޮގަސްޓް އެކެއްގެކުރިން ބަންދު ކުރުމާއި މޫދަށް އެރި އުޅޭ ސަރަހައްދާ ކައިރިވިޔަ ނުދިނުމަށް ވަގުތީ ފެންސެއް ޖެހުމާއި ފައިބަރު މަސައްކަތް ކުރާ ސަރަހައްދު މޮނިޓަ ކުރުން ހަރުދަނާ ކުރުމަށް ވެސް ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް