ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ދިފާއުގައި މާލޭގައި ސައިކަލު ބުރެއް ބާއްވަން ހަމަޖައްސައިފި އެވެ.
މި ސައިކަލު ބުރު ބޭއްވުމަށް ހަމަޖެހިފަިއވަނީ "މަގޭ ނަބިއްޔާ" ގެ ނަމުގައި އެވެ. މި ކަން އިންތިޒާމު ކުރަނީ ޒުވާނުންތަކެކެވެ.
މި ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ގައި ރަސްފަންނު ސަރަހައްދުގައެވެ. މި ސައިކަލް ބުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިންތިޒާމު ކުރާ ފަރާތުން އެދެއެވެ.
މިފަދަ ސައިކަލު ބުރެއް ބާއްވަން ނިންމާފައި މިވަނީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސްވެރިންތަކެއް ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގަ އެވެ. އެ މައްސަލައިގަ އެ ފަރާތްތަކަށް ޕާޓިން ފިޔަވަޅު އެޅިއަސް އިސްލާމީ ގައުމުތަކުންނާއި މުސްލިމުން ދަނީ އިންޑިއާ ސަރުކާރުން މި މައްސަލައިގަ މައާފަށް އެދެން ޖެހޭނެ ކަމަށް ގޮވާލަމުންނެވެ.
ދިވެހި ސަރުކާރުންވެސް ވަނީ މި މައްސަލަ ކުށްވެރިކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް