ތައިލެންޑްގެ ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.
މީގެ ކުރިން ބެންކޮކުން ރާއްޖެއަށް ހަފްތާއަކު ހަތަރު ދުވަހު ކުރަމުން އައި ދިޔަ ސީދާ ދަތުރުތައް ހުއްޓާލީ ކޮވިޑް 19 އާއި ގުޅިގެން މާޗް 2020 ގައެވެ.
ބެންކޮކުން ރާއްޖެއަށް ދަތުރުތައް އަލުން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 22 ވަނަ ދުވަހުއެވެ.
އަދި މި ދަތުރުތައް ކުރާނީ ބެންކޮކްގެ ސުވަނަބަމީ އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
އެގޮތުން މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، ހޯމަ، ބުދަ އަދި ހުކުރު ދުވަހުއެވެ.
ބެންކޮކް އެއާވޭސްގެ ޓިކެޓުގެ އަގު އާންމު ގޮތެއްގައި އުޅެނީ 500 ޑޮލަރުން މަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް