ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަ ކުރެއްވުން އޮތީ ގާސިމްގެ ރިސޯޓެއް ކަމަށްވާ ސަން އައިލެންޑް ރިސޯޓުގައި އެވެ. ރޭ ބޭއްވި މި ބައްދަލުވުމަށް ރައީސް ސޯލިހު އދ. މާމިގިއްޔަށް ވަޑައިގެންނެވީ އިއްޔެ ހެނދުނު އެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން އެ ފަރާތުންވެސް އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ. މި ބައްދަލުވުމުގެ ފޮޓޯތައް އާންމު ކުރީ ޖޭޕީންނެވެ.
ރައީސްގެ އަރިހުގައި މި ބައްދަލުވުމުގައި ކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ބައިވެރިވެވަޑައިގެންނެވި އެވެ.
ޖޭޕީގެ ފަރާތުންވެސް މި ބައްދަލުވުމުގައި އިސްވެރިންތަކެއް ބައިވެރިވި އެވެ.
މި ބައްދަލުވުމުގައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަ ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ.
އެކަމަކު ރައީސް ސޯލިހު، ގާސިމަށް ރަނިންމޭޓުކަން ހުށަހަޅުއްވާފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ދެއްކެވި ވާހަކަ ޖުމްހޫރީ ޕާޓީން ވަނީ ދޮގުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް