ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓީން ބީބާގެ މޫނުގެ ކަނާތްް ފަރާތް ވާގިނެތިފައިވާ ކަމަށް އޭނާ ބުނެފި އެވެ.
އުމުރުން 28 އަހަރުގެ ޖަސްޓިން ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމު ކުރި ވީޑިއޯ މެސެޖެއްގައި ބުނީ ސަޕޯޓަރުންނަށް ހިތާމަވެރި ވާހަކައެއް ހިއްސާ ކުރަން ބޭނުންވާ ކަމަށެވެ. ޖަސްޓިން ތަހައްމަލް ކުރަމުންދަނީ އާންމުކޮށް ނުފެންނަ ބައްޔެއް ކަމަށްވާ "ރަމްސޭ ހަންޓް ސިންޑްރޯމް" ކަމަށެވެ.
އޭނާ ބުނީ މޫނުގެ އެއްފަރާތް ވާގިނެތިފައިވަނީ އެ ބަލީގެ ސަބަބުން ކަމަށެވެ. ޖަސްޓިން ބުނީ ބަލީގެ ސަބަބުން ކަނާތް ފަރާތު ލޯ، ނޭފަތް އަދި އަނގައިގެ އެފަރާތް އެއްވެސް ވަރަށް ހަރަކާތް ނުކުރާ ކަމަށެވެ.
ޑޮކްޓަރުން ލަފާ ދެނީ އަރާމު ކުރުމަށެވެ. އެހެންވެ ޖަންޓިން ވަނީ މި ދުވަސްކޮޅު މަސައްކަތެއް ނުކޮށް ބަލިން ރަނގަޅުވޭތޯ ޑޮކްޓަރުން ދެމުންދާ އިރުޝާދާއި އެއްގޮތަށް އަމަލު ކުރަމުންދާ ކަމަށާއި އޭނާ ދުނިޔެއަށް އުފަންވި ކަންތައް ކުރެވޭނީ އޭރުން ކަމަށް ބުނެފައިވެ އެވެ. ޖަސްޓިން އެ ބުނީ ލަވަކިޔުމުގެ ވާހަކަ އެވެ.
ޖަސްޓިން ބުނީ އެ ބަލިން ސަލާމަތްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ޖަސްޓިންގެ މި ވީޑިއޯ ދެތިން ގަޑިއިރެއްގެ ތެރޭގައި 14 މިލިއަނަށްވުރެ ގިނަ މީހުން ބަލާފަވެ އެވެ. އަދި އޭނާ ދެކެ ލޯބިވާ ސަޕޯޓަރުން ދަނީ އަވަސް ޝިފާއަކަށް އެދެމުންނެވެ.
ރަމްސޭ ހަންޓް ސިންޑްރޯމް އަކީ ޗިކަން ޕޮކްސް ޖެހުމުގެ ސަބަބުން މޫނުގެ ނާރުތަކަށް ޖެހޭ ބައްޔެއް ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް