ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާއިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިއުމަށް ހަމަޖެގިފައިވާ " މުއައްސަސާ ކަޕް 2022" ގެ ގްރޫޕް ސްޓޭޖުގެ ޑްރޯ ނަގައި، ފޯރިއާއެކު ޓީމުތަކުން މުބާރާތައް ތައްޔާރުވާން ފަށައިފި އެވެ.
ދިޔަމިގިލީގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތާއި ހޭންޑް ބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. މުބާރާތުގެ ފިރިހެން ބައިން 5 ޓީމު ވާދަކުރާއިރު އަންހެން ހޭންޑް ބޯޅަ ގައި 4 ޓީމަކުން ވާދަކުރާނެ އެވެ. ގުރު ނެގުމުގެ ރަސްމިއްޔާތު ބޭއްވީ ދިޔަމިގިލީ ކައުންސިލް އިދާރާގަ އެވެ.
ފިރިހެން ފުޓްސަލް މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް
ސްކޫލް
ފެނަކަ
ހެލްތް
އެފްސީ ފެނަކަ
ކައުންސިލް
އަންހެން ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް
ހެލްތް
ސްކޫލް
ފެނަކަ
ކައުންސިލް
މުބާރާތުގެ ކުޅުން ފެށިގެން ދާނީ މިމަހުގެ ބާރަ ވަނަ ދުވަހުގެ ހަވީރު 16:30 ގައި ކުޅުމަށް ހަމަޖެހުފައިވާ ހެލްތް އަދި ސްކޫލް ބައްދަލުކުރާ އަންހެން ހޭންޑް ބޯޅަ މެޗުންނެވެ. އަދި ފިރިހެނުންގެ ފުޓްސަލް މުބާރާތް ފެށިގެން ދާނީ ހަމަ އެ ރޭގެ 20:30 ގައި ފެނަކަ އަދި ސްކޫލް ބައްދަލުކުރާ މެޗުންނެވެ.
މުބާރާތް ތަކުގެ މެޗުތައް ކުޅުމަށް ތާވަލް ކޮށްފައިވަނީ ކޮންމެ ދުވަގަކުވެސް ހަވީރު 16:30 އަދި ރޭގަނޑު 20:30 އަށެވެ.
ކޮންމެ ދުވަހަކުވެސް ކުޅޭނީ ދެ މެޗެވެ. އެއީ އަންހެން ހޭންޑް ބޯޅަ މެޗަކާއި ފިރިހެން ފުޓްސަލް މެޗެކެވެ.
މި ދެ މުބާރާތުގެ ކުޅުން ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. އެގޮތު ން މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅެ ނިމޭއިރު، އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ތާވަލްގެ އެއްވަނަ ލިބޭ ޓީމުތަކަށް ފަައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ވާނެއެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރާނީ ތާވަލްގެ ދެވަނަ އަދި ތިންވަނަ އަށް ދާ ޓީމުތަކުގެ މެދުގައި އިތުރު މެޗުތަކެއް ކުޅުމަށް ފަހުގައެވެ. އެ މެޗުތަކުން މޮޅުވާ ޓީމުތަކަށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ވާނެއެވެ.
އަންހެން ހޭންޑް ބޯޅަ އަދި ފިރިހެން ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގައެވެ. އެގޮތުން ފިރިހެން ފުޓްސަލް މުބާރާތުގެ ފައިނަލް އެ ދުވަހު ހަވީރު 16:30 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، އަންހެން ހޭންޑް ބޯޅަ މުބާރާތުގެ ފަައިނަލް މެޗު ކުޅުމަށް ހަމަޖެހުފައިވަނީ 20:30 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް