މާލޭގެ ހެންވޭރު އަވަށުގެ ވަކި ސަރަހައްދަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުުރުމަށް މިއަދު ހެނދުނު 10:00 އިން 11:30 އަށް ހެންވޭރުގެ އަބަދަށް އުފާ މަގާއި އަޝްރަފީ މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.
މީގެ އިތުރުން އެވަގުތުގެ ތެރޭގައި އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް