ކޯވިޑް-19 އަށް މިއަދު ރާއްޖެއިން ޕޮސިޓިވްވީ 295 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ކޯވިޑް ޖެހިފައިވަނި މާލެއިން 138 މީހުންނަށް ކަމަށެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވަނީ 146 މީހުންނެވެ. ދެން ކޯވިޑް ޖެހިފައިވަނީ ރިސޯޓުތަކުން 11 މީހުންނަށެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 4،736 ސާމްޕަލެވެ.
ކޯވިޑަށް މިވަގުތު ފަރުވާ ދެމުން ދަނީ 13،071 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 111 އަށް ދަށްވެފައި އެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލި ރަނގަޅުވި މީހުންގެ އަދަދު މިއަދު ވަނީ 56،559 އަށް އަރާފައި އެވެ.
ރާއްޖެއިން ކޯވިޑްގައި މަރުވެފައިވަނީ 192 މީހުންނެވެ. މިއަދު ކޯވިޑް ޖެހިގެން މަރުވެފައިވަނީ މިހާތަނަށް އެންމެ މީހެކެވެ.
ކޯވިޑް-19 އަށް ޕޮސިޓިވްވި އަދަދު މިއަދު ވަނީ 69،831 އަށް އަރާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް