މި ހާލަތުގައި މެޗުތައް ބަލަން ގިނަ ބަޔަކު އެއްވުމުގެ ފުރުސަތު ނުދޭނަން: ޕޮލިސް

ކޮވިޑުގެ މި ހާލަތުގައި މެޗުތައް ބަލަން ބަލަން ގިނަ ބަޔަކު އެއްވުމުގެ ފުރުސަތު ނުދެއްވާނެކަމުގައި ފުލުހުން ބުނެފިއެެވެ. ފުލުހުން ބުނެފައިވަނީ ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނ...

11 Jun 2021 | 16:53

ކޮވިޑުގެ މި ހާލަތުގައި މެޗުތައް ބަލަން ބަލަން ގިނަ ބަޔަކު އެއްވުމުގެ ފުރުސަތު ނުދެއްވާނެކަމުގައި ފުލުހުން ބުނެފިއެެވެ.

ފުލުހުން ބުނެފައިވަނީ ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުން ދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައި ކަމަށެވެ.

"ދަންނަވަން. ކޮވިޑް 19 ގެ ސަބަބުން ހިތްދަތި އުނދަގޫ ދުވަސް ތަކަކަށް ފަހު، މިހާރު އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން މިހާރަށްވުރެ ފާގަތި ދުވަސް ތަކެއްގެ މަލަމަތި ފެންނަން ފަށައިފައިވާ މި ދަނޑިވަޅުގައި، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ހިންގޭ ހަރަކާތްތަކަކީ، އެންމެންގެ ރައްކާތެރި ކަމަށްޓަކައި ކުރުން އެންމެ ރަނގަޅު ކަމެއް ކަމުގައި ނުދެކެން. އަދި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް މިފަދަ ކަންކަމަށް ތަނެއް ނުދޭ. " ފުލުހުން ބުނެފައިވެއެވެެ.

މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ކަމަށާއި މިއީ އެންމެން އެކުގައި ކުރާ މަސައްކަތުން މި ހާލަތު ބަދަލުކޮށް، އިތުރު ލުއިތަކެއް ދެވޭނެ ހާލަތަކަށް ދިއުމަށްޓަކައި އެޗްޕީގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަވަންވީ ވަގުތު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް