ދެބައިވީ ރައީސް ނަޝީދާއި އެމްޑީޕީ އެކަހެރިކޮށް ސަރުކާރު ހިންގަން އުޅޭތީ: ހަސަން ލަތީފު

ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދެބައިވީ ރައީސް ނަޝީދާއި އެމްޑީޕީ އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުނީމާ ކަމުގައި އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ....

11 Jun 2021 | 16:41

ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދެބައިވީ ރައީސް ނަޝީދާއި އެމްޑީޕީ އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުނީމާ ކަމުގައި އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު މިހެން ވިދާޅުވީ ވެރިކަމުގެ ދެ ބާރުގެ ތެރެއިން ސަރުކާރު ދެބައިވެފައިވާކަމަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވި ވާހަކަ ސަންގައި ރިޕޯޓްކޮށްފައިވާ ހަބަރުގެ ސްކްރީންޝޮޓަކާއެކު ކުރެއްވި ޓްވީޓެއްގައެވެ.

ޓްވީޓްގައި ހަސަން ލަތީފް ވިދާޅުވެފައިވަނީ މަސައްކަތް ދެބައިވީ އެމްޑީޕީން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވީމަ ކަމަށެވެ. އެމްއެމްޕީއާރުސީ އާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށީމަ ކަމަށެވެ. ސަރުކާރާ ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ ކަމަށެވެ.

"ޖުމްލަކޮށް ރައީސް މުހައްމަދު ނަޝީދާ ޕާޓީ އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުނީމަ" ހަސަން ލަތީފް ވިދާޅުވެފައިވެއެވެ.

https://twitter.com/HassanLatheef/status/1403380383559733249

ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިހެން ވިދާޅުވެފައިވާއިރު އެ ޕާޓީގެ އެތެރޭގެ މަސްރަހު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައެވެ.

މިފަހުން ހިޔާލު ތަފާތުވުން އިތުރަށް ބޮޑުވެގެން ގޮސްފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ވަކި ވަކި ސިފައިން ހާޒިރުކުރާ މައްސަލައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް