ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން ޔޫރޯ 2020 ހައި ޑެފިނީޝަލް ކޮލިޓީގައި ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.
ޔޫރޯ 2020 ފެށޭނީ މިރޭ އެވެ.
ދިރާގުން މިއަދު ބުނީ ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މޮބައިލް އެޕު މެދުވެރިކޮށް ސޮނީ ޓެން 2 އެޗް.ޑީ އަދި ލޯކަލް ބްރޯޑްކާސްޓަރ ރާއްޖެޓީވީ އިން ޔޫރޯ ފުޓުބޯޅަ މުބާރާތް ބަލާލެވޭނެ ކަމަށެވެ.
ކޯވިޑް-19 ގެ ހާލަތާ ގުޅިގެން މިއަހަރުގެ ޔޫރޯ ބަލަން ޖެހިފައި މިވަނީ ގޭގައި ރައްކާތެރިކަމާއެކު ޓީވީގެ ޒަރިއްޔާއިން ނެވެ. ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފުރިހަމަ ކޮލިޓީގައި ޔޫރޯގެ މެޗްތައް ގޭގައި ރައްކާތެރިކަމާއެކު ބަލާލެވުމުގެ އިތުރުން މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ދިރާގު ޓީވީ މެދުވެރިކޮށް ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މީގެ އިތުރުން، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެވެސް، ޖީއެސްޓީ އައި ނުލާ މަހަކު އެންމެ 65 ރުފިޔާއަށް ޔޫރޯ 2020 ގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯންފަދަ ޑިވައިސްތަކުން ބަލާލެވޭނެއެވެ. އަދި ހަމައެއައާއެކު، ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ބަލާލެވޭނެއެވެ.
ދިިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ގިނަ އޮފާ ތަކެއް ވަނީ ތައާރަފުކޮށްފައިއެވެ.
އެގޮތުން ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭން ތަކުން އިތުރު 50 ޕަސެންޓު ޑޭޓާ މިމަހުގެ ނިޔަލަށް ލިބޭނެ އެވެ. އަދި ހަމަ އެހެންމެ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން "އަމިއްލަ ޓީވީ" އެޑް އޮން އެކްޓިވޭޓްކޮށް، ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިގެންވެސް ޔޫރޯ 2020 ބަލާލެވޭނެއެވެ.
ދިރާގުޓީވީ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފާތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ/
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް