ނަޝީދުގެ ރައްދު ބިގޭއަށް: އެހެން މީހުން އެމަނިކުފާނަށް ބަހައްޓާ ވަފާތެރި ކަމުގެ ވާހަކަ ނުދައްކަވާ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ފޮނުއްވައިފި އެވެ. އެމްޑީޕީގެ އިސްވެރިންގެ ތެރެއިނ...

11 Jun 2021 | 09:19

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ފޮނުއްވައިފި އެވެ.

އެމްޑީޕީގެ އިސްވެރިންގެ ތެރެއިން ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކާއި ޕާޓީގެ އެކްޓިވިސްޓުން ބިގޭދެކެ ރުޅި އައިސްގެން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ހަދަމުންދާ އިންކުއިރީއަށް ވަކިވަކި ސިފައިން ހާޒިރުނުވާނެކަން އަންގައި ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގައި އެ މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރު ޙަސަން ޒަމީލު ސޮއި ކުރެއްވާފައިވާތީ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުގައި އިސްކޮށް ހުންނެވި ކަމަށް ބުނެ އެވެ. އެކަމަކު މި ތުހުމަތައް ބިގޭ ދޮގު ކުރައްވަ އެވެ.

އެ މައްސަލައިގަ މިއަދު ރާއްޖެ ޓީވީގައި ބިގޭ ވިދާޅުވީ އެ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގުޅުއްވައިގެން ވާހަކަ ދައްކަވާފައި ނުވާނެ ކަމަށާއި އަދި އެބޭފުޅުން ތުހުމަތު ކުރާގޮތަށް މަޖިލީހުގެ މެމްބަރުންނަށް ގުޅައި އެ މައްސަލަ ބޭރުކޮށްލުމަށްވެސް ބާރު އަޅުއްވާފައި ނުވާނެ ކަމަށެވެ. ބިގޭ އަކީ ރައީސް ސޯލިހުގެ ޅިއަނެކެވެ.

އެ ޕްރޮގްރާމްގައި ބިގޭ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އެމްޑީޕީގެ އެއްވެސް މެންބަރަކު ހުރަސްނާޅާނެ ކަމަށެވެ. އަދި ރައީސް ނަޝީދާ އޭނާއާ ދޭތެރޭގައި އެއްބަޑުއެއްބަފާ ކަމުގެ ގުޅުމެއް އޮންނަ ކަމަށާއި، އެހެންކަމުން ޚާއްޞަކޮށް އޭނާ ރައީސް ނަޝީދަށް އިންސާފު ހޯދުމަށް ހުރަސްނާޅުއްވާނެ ކަމަށްވެސް ބިގޭ ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވާ ނަޝީދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ބިގޭ އަކީ އެމަނިކުފާނުގެ ރަހުމަތްތެރިއެއް ކަމަށެވެ. އަދި ބިގޭ ސިޔާސީ ފައިދާއަށް ޓަކައި ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްތައް އޭނާއަށް އެނގިވަޑައިގެންްނެވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ރަނގަޅީ އެހެން ބޭފުޅުން ނަޝީދަށް ބަހައްޓާނެ ވަފާތެރިކަމާއި މަދަދުގެ ވާހަކަ ބިގޭ ނުދެއްކެވިއްޔާ ކަމަށެވެ.

https://twitter.com/MohamedNasheed/status/1403268582448898049

އެ މައްސަލައިގަ ބިގޭއަށް އެންމެ ބޮޑަށް ފާޅުގައި ފާޑުވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ އެވެ.

އީވާ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި މަޖިލީހުގެ ކޮމިޓީތަކުން ކުރަމުންދާ މަސައްކަތްތައް ބިގޭ ފަނިކުރައްވަން ނުޖެހޭ ކަމަށާއި، ރައީސް ނަޝީދު އެދިވަޑައިގެން ކުރައްވާ ކަންކަމަށް ބިގޭ ހުރަސް އަޅުއްވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި މަޖިލީހުގެ ކޮމިޓީގެ މަސައްކަތްތަކަށް ހުރަސްނޭޅުއްވި ނަމަވެސް ބިގޭގެ ސަރުކާރު ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް