ކޯވިޑް-19ގައި ދިވެހިރާއްޖޭން 192 ވަނަ މީހާ މަރުވެއްޖެ އެވެ. މި މީހާ މަރުވެފައި ވަނީ މިއަދު 07:05 ގައެވެ.
މަރުވީ ދަރުމަވަންތަ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ދިވެހި އަންހެނެކެވެ.
https://twitter.com/HPA_MV/status/1403235065937600518
އެނގިފައިވާ ގޮތުގައި މި މީހާއަކީ މިނިސްޓަރު ސަމީރުގެ ދައްތާފުޅެވެ. ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް-19ގެ ބަލީގެ ވޭނުގައި 21 ދުވަހަށް ފަހު އޭނާގެ ދައްތަ އާމިނަތު ޒާހިރާ، މިއަދުގެ ހެނދުނު ވަނީ ނިޔާވެފައި ކަމަށެވެ. އަދި ދައްތައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި އޭނާ ވަނީ ދުއާ ކުރައްވާފައެވެ.
https://twitter.com/meeraazu/status/1403225165253681157
މައްޔިތާގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދު ހެނދުނު 11:00ގައި ހުޅުމާލޭ ސަހަރާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް