މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ "މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޙިޔާލު ހޯދުމުގެ އޮންލައިން ބައްދަލުވުން" މިމަހުގެ 15 ދުވަހު ބާއްވަން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި ޢިޢުލާނެއްގައި ބުނީ، "މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަނީ ޤާނޫނު ނަންބަރު 2021/17 ގައި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ޑ) ގައި ވާގޮތުގެ މަތިން ކަމަށެވެ. މި ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު މާލޭ ސިޓީގެ ހުރިހާ ރައްޔިތުންނަށް އަރުވާފައިވެ އެވެ.
މި ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ސިޓީ ކައުންސިލުން ބުނީ ބައްދަލުވުން ކުރިޔަށް ގެންދާނީ ޒޫމް މެދުވެރިކޮށް ކަމަށާއި އާންމުކޮށްފައިވާ ލިންކު މެދުވެރިކޮށް ހުރިހާ ރައްޔިތުންނަށް ބައްދަލުވުމުގައި ބައިވެރިވެވޭނެ ކަމަށެވެ.
އޮންލައިން ބައްދަލުވުމުގެ ލިންކް:
https://zoom.us/j/99060742876?pwd=eDdlT1hjN1VNVk5lV1RkaUw3L2NQUT09
މި ބައްދަލުވުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ 8:30 ގައެވެ. ޒޫމްއަކީ މޯބައިލް އަދި ލެޕްޓޮޕްގައި ވެސް ބޭނުންކުރެވޭ ވީޑިއޯ ކޮންފަރެންސް އެޕްލިކޭޝަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް