ކ. ގާފަރުން އިތުރު 3 މީހަކު ކޯވިޑް-19 އަށް ފައްސިވެ، ގާފަރުގެ ޖުމުލަ 88 އަށް އަރައިފިއެވެ.
އެނގިފައިވާ ގޮތުގައި އެ ރަށުން މި މަހުގެ 9 ވަނަ ދުވަހު ނެގި 10 ސުންކުގެ ތެރެއިން 3 ސުންކެއް ވަނީ ކޯވިޑް-19 ރޯގާއަށް ފައްސިވެފައެވެ. މީގެ ތެރެއިން 5 ސުންކުގެ ނަތީޖާ ވަނީ ނައްސި ވެފައެވެ. އަދި 1 ސުންކުގެ އިންކޮންކުލޫސިވް ނަތީޖާއެއް ލިބިފައި ވާއިރު 1 ސުންކުގެ ނަތީޖާ ލިބިފައި ނުވެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި. ގާފަރުން ފައްސި ވި 3 މީހުންނަކީވެސް މީގެ ކުރިން ކޯވިޑް-19އަށް ފައްސިވި މީހަކާއި ޑައިރެކްޓް ކޮންޓެންޓް ވެގެން އެކަހެރި ކުރެވިފައިވާ މީހުންނެވެ.
ގާފަރުން މިހާތަނަށް 88 މީހުން ކޯވިޑް-19 އަށް ފައްސިވެފައި ވާއިރު، މި ބަލިން މިހާތަނަށް 48 މީހަކު ވަނީ ރަނގަޅު ވެފައެވެ.
ގާފަރުގައި ކޯވިޑް-19 ފެތުރެން ފެށީ، އެ ރަށަށް ދިޔަ އިންޑިޔާގެ ފަތުރުވެރިންތަކެއް ފައްސިވި ހިސާބުންނެވެ. މި ގޮތުން، ފުރަތަމަ ފައްސިވި އިންޑިޔާގެ ދެ މީހުން ވެސް ވަނީ މުޖުތަމައު ތެރޭގައި އުޅެފައެވެ. މި މީހުންނާއި ގިނަ ބަޔަކު ބައްދަލުވެފައި ވާއިރު، ފުރަތަމަ ބަލި ފެނުނު ދުވަސްތަކުގައި އެ ރަށުގައި މާ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައި ނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ފައްސިވީ ފަތުވެރިން ކަމަށް ބުނެ ރަށް މޮނިޓަރިންގެ ހާލަތަށް ވެސް އޭރު ގެނެސްފައި ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް