ލޭޒާ މެޝިންތަކެއް ހުރި ތަނެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވެއްޖެ

އެންގްރޭވް ކުރަން ބޭނުންކުރާ ލޭޒާ މެޝިންތަކެއް ހުރި ތަނެއްގައި ރޭ ރޯވި އަލިފާންގަނޑު ސިފައިންގެ ފަޔާ އެންޑް ރެސްކިޔު ޓީމުން ނިއްވާލައިފިއެވެ. މި ހާދިސާ ހިނގީ، ހ. ތަނބުރޯޒުގޭގެ ފުރަތަމަ ފަންގިފިލާގައެވ...

11 Jun 2021 | 03:55

އެންގްރޭވް ކުރަން ބޭނުންކުރާ ލޭޒާ މެޝިންތަކެއް ހުރި ތަނެއްގައި ރޭ ރޯވި އަލިފާންގަނޑު ސިފައިންގެ ފަޔާ އެންޑް ރެސްކިޔު ޓީމުން ނިއްވާލައިފިއެވެ.

މި ހާދިސާ ހިނގީ، ހ. ތަނބުރޯޒުގޭގެ ފުރަތަމަ ފަންގިފިލާގައެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި އެ ތަަނަކީ މީހުން ދިރިއުޅޭ ތަނެއް ނޫނެވެ. ނަމަވެސް އެންގްރޭވް ކުރަން ބޭނުންކުރާ ލޭޒާ މެޝިންތަކެއް އެ ތަނުގައި ހުރި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

https://twitter.com/MNDF_Official/status/1403137521496707074

މި ހާދިސާ ސިފައިންނަށް ރިޕޯޓުކުރީ ރޭ މެންދަމު 02:44 ހާއިރުއެވެ.

މި ހާދިސާގައި 30 މީހަކަށް ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަލިފާންގަނޑު ނިއްވާލައި އެ މީހުން މިހާރު ވަނީ ގެއަށް ބަދަލުކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް