ރޭގެ އަލިފާނުގެ ހާދިސާއާއި ގުޅިގެން 30 މީހަކަށް އެހީތެރިކަން ފޯރުކޮށްދެވުނު: އެންޑީއެމްއޭ

ހ. ތަރަބޫޒުގޭގެ އެއްވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 30 މީހަކަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖެމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އަ...

11 Jun 2021 | 03:51

ހ. ތަރަބޫޒުގޭގެ އެއްވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 30 މީހަކަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖެމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ހ. ތަރަބޫޒުގޭގެ އެއްވަނަ ފަންގިފިލާގައި ހުރި، މީހުން ދިރިނޫޅޭ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ތަނެއްގައި ކަމުގައި އެމްއެންޑީއެފުން ބުނެފައިވެއެވެ. އެގޮތުން އެތަނުގައި ހުރީ އެންގްރޭވް ކުރަން ބޭނުންކުރާ ޒާތުގެ މެޝިންތަކެއް ކަަމަށް ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ތަރަބޫޒުގޭގެ އެއްވަަނ ފަންގިފިލާގައި ހުރި، އެންގްރޭވް ކުރަން ބޭނުންކުރާ ލޭޒާ މެޝިންތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ނިއްވާލާފައިވާކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ މެންދަމު 2:44ހާއިރު ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެންޑީއެމްއޭއިނ ބުނެފައިވަނީ އެ އިމާރާތުގައި އުޅުނު 30 ފަރާތަަކަށް އެހީތެރިކަން ފޯރުކޮށްދެވުނު އިރު، މިހާރު އެ ފަރާތްތައް ވަނީ ގެއަށް ބަދަލުކުރެވިފައިކަމަށެވެ.

https://twitter.com/NDMAmv/status/1403145252651757570

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް