މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ 2020 އަށް ހާއްސަކޮށް "ޔޫރޯފޯރިއާ" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން ބުނީ މި ޕްރޮމޯޝަންގައި ތިން ބްރޭންޑެއްގެ ޓީވީތަކުން ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އެއީ ހިޓާޗީ، ސެމްސަންގް އަދި ފިލިޕްސް ބްރޭންްޑުގެ ޓީވީންނެވެ.
ސައުންޑު ބާތަކަށްވެސް މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ޕްރޮމޯޝަނާއެކު ސޯޝަލް މީޑިއާގައި ކޮންޓެސްޓެއްވެސް ކުރިއަށްދާނެއެވެ. މި ކޮންޓެސްޓު މެދުވެރިކޮށް، ފިލިޕްސް ބްރޭންޑުގެ 65 އިންޗީގެ އެލްއީޑީ ޓީވީއަކާއެކު، ފިލިޕްސްގެ ސައުންޑު ބާއެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅިވާލާފައެވެ.
”ޔޫރޯފޯރިއާ“ ލަކީ ޑްރޯ ހޮވުންވެސް އޮންނާނީ އެސްޓީއޯގެ ސޯޝަލް މީޑިއާގައެވެ.
މި ޕްރޮމޯޝަން އިއްޔެ ފެށިއިރު ނިންމަން ކަނޑައަޅާފައިވާ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް