އީދު ދުވަހު ވިންޓާ ތީމް ޕާކު ހުޅުވަނީ

ރަސްރަނި ބަގީޗާއިގައި ތައްޔާރު ކުރަމުންދާ ވިންޓާ ތީމް ޕާކު ފިތުރު އީދު ދުވަހު ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މުއިޒު މިއަދު ކުރެއްވި ޓުވީޓެއްގައި...

11 Jun 2018 | 16:11

ރަސްރަނި ބަގީޗާއިގައި ތައްޔާރު ކުރަމުންދާ ވިންޓާ ތީމް ޕާކު ފިތުރު އީދު ދުވަހު ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އީދު ދުވަހު އެ ޕާކު ހުޅުވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން ދާކަމަށެވެ. އެ ޕާކުގައި ކެފޭއެއް ހިންގާގޮތަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

https://twitter.com/MMuizzu/status/1006174140229877760

އެގޮތުން ކެފޭ ހިންގާނެ ބަޔަކު ހޯދަން މީގެ މަހެއްހާ ދުވަސް ކުރިން އިއުލާނު ކުރި އެވެ. ހައުސިން މިނިސްޓްރީން ބުނީ އެ ޕާކަށް ވަދެވޭނީ ފީއެއް ދައްކައިގެން ކަމަށެވެ.

ވިންޓަ ތީމް ޕާކު ހަދާފައިވަނީ، ބޮޑު ގެއެއް ސިފަވާ ގޮތަށް ޓިނުންނެވެ. ސްލައިޑް ކުރާނެ ވަސީލަތްތަކާއި އައިސް ސްކޭޓް ކުރެވޭނެ ރިންގެއް ހުންނާނެހެން ތައްޔާރު ކުރަމުންދާ އެ ޕާކުގައި ފިނި މޫސުމުގެ އިހުސާސް ވަރަށް ރަނގަޅަށް ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް